English Edition
Dhivehi Edition
ޕީޕީއެމް އިން ސެޕްޓެމްބަރު 2018 ގައި ބޭއްވި އެޕާޓީގެ ކޮންގްރެސްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޕީޕީއެމް)

ކުރިއަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކޮންމެ ކެންޑިޑޭޓަކު ވާދަކުރިނަމަވެސް، އެ ކެންޑިޑޭޓަކު ބަލިކުރާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮންމެ މީހެއް ކަމުގައިވިޔަސް އެ ކެންޑިޑޭޓަކު ބަލިކުރާނެކަމަށެވެ. އިތުރަށް ޝުޖާއު ވަނީ ވޯޓުލާން ރީ-ރަޖިސްޓްރީކުރި ތަނަށް ވޯޓުލެވޭތޯ ޔަގީން ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. “އިންޝާالله. ރައްޔިތުން އެންމެ ކަމެއް ކަށަވަރު ކުރައްވާ! އެއީ ރީ-ރަޖިސްޓްރީ ކުރި ތަނަށްތޯ ވޯޓް ލާން އޮތީ.ބާކީ ބައި އަޅުގަނޑުމެނަށް ދޫކޮށްލާ!.” ޝުޖާއު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންއަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމާއި އެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.