English Edition
Dhivehi Edition
ޔޭ ހޭ މޮހައްބަތޭން ޗައިލްޑް އެކްޓަރު ރުހާނިކާ

ޓީވީ ޝޯ ޔޭ ހޭ މޮހައްބަތޭން އިން އެންމެ ބޮޑަށް މަޝްހޫރުވި ރުހާނިކާ ދަވަން މުމްބާއީން އަމިއްލަ ގެއެއް ގަނެފިއެވެ.

އޭނާގެ ގެއެއްގެ ވެރިއަކަށް ވި އިރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ.

ރުހާނިކާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ އޭނާގެ އާ އެޕާޓްމަންޓުގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އެއާއެކު ދިގު ނޯޓެއް ލިލެ ވަނީ މައިންބަފައިންނަށް ޝުކުރު އަދާކޮށްފައެވެ.

ރުހާނިކާ ލިޔެފައިވަނީ “މައިންބަފައިންގެ ނިޢުމަތާއެކު އަހަރެންގެ އުފާވެރިކަން ތިޔަ އެންމެންނާ ހިއްސާ މިކުރަނީ އައު ފެށުމަކަށް!! އަހަރެންގެ ހިތް ފުރިފައިވާއިރު އަހަރެން އިންތިހާއަށް ޝުކުރުވެރިވަން… މިއަދު މިކުލަޖެހުނީ ވަރަށް ބޮޑު ހުވަފެނެއް އެއީ އަމިއްލައަށް ގެއެއް ގަތުން. މިއީ އަހަންނާއި އަހަރެންގެ އާއިލާއަށް ވަރަށް ބޮޑު ކަމެއް. މިކަން ތިޔަ އެންމެންނާ ހިއްސާ ކުރަން ކެތް ނުކުރެވުނު,” ކަމަށެވެ.

ރޫހާނިކާ އޭނާގެ ކެރިއަރު ފެށީ 2012 ވަނަ އަހަރު ރިލީޒްކުރި ޓީވީ ޝޯ “މިސިސް ކައުޝިކް ކީ ޕާންޗް ބަހޫއީން” އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. ފަހުން އޭނާ ވަނީ އެކްތާ ކަޕޫރުގެ މަޝްހޫރު ސީރިއަލް “ޔޭ ހޭ މޮހައްބަތޭން” ގައި ޒުވާން ރޫހީ ބައްލާ އާއި ޕީހޫގެ ރޯލުން ފެނިގެން ގޮސްފަ އެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ ވަނީ ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަންސްގެ “މެރޭ ސައި – ޝްރައްދާ އޯރް ސަބުރީ” ގެ ބައެކެވެ.
މީގެ އިތުރުން ސަލްމާން ހާން 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ޖައި ހޯ” ގައި ވެސް ކެމިއޯއެއް ކުޅެފައިވެ އެވެ. އަދި ސަނީ ޑިއޯލް ލީޑް ރޯލުން ފެނިގެންދާ “ޣަޔަލް ވަންސް އެގެއިން” އިން ވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ.