English Edition
Dhivehi Edition

މިއަދު މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފި އެވެ.

ރައީސް ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހަމްދު ގެ ނަންފުޅުގައި ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ނިމިގެންދިޔަ 2022 ވަނަ އަހަރަކީ ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމުގައެވެ.

މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނެކަމުގެ އުންމީދު އޮތްކަމަށާއި މިފެށުނު އާ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވަނީ މިފެށުނު އަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްހަތާއި ކުރިއެރުން ލިބިގެންދާނެ އަހަރަކަށް ވުމަށް ވެސް އެދިވަޑައިގެންފައެވެ.