English Edition
Dhivehi Edition
ޕީޕީއެމް އިން ބޭއްވި އެއްވުމެއް - ފައިލް ފޮޓޯ

ޕީޕީއެމް އިން މާލޭގައި ބާއްވާ ހިނގާލުން ފަށައިފި އެވެ.

މިއީ ކުރީގެ ރައީސް އަދި އިދިިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ހިނގާލުމެކެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި ހިނގާލުމުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ލީޑަރޝިޕްގައި ހިމެނޭ މީހުން ވެސް ހިމެނެ އެވެ.

“ފްރީ ރައީސް ޔާމީން” ޖަހާފައިވާ ކަޅު ޓީޝާޓު ލައިގެން މި ބައިވެރިން ތިބިއިރު، ހިނގާލުމުގައި ބައިވެރިވާ މީހުން ތިބީ ޤައުމީ ދިދަ ވެސް ހިފައިގެން ނެވެ. ފުލުހުންގެ އެއްބާރުލުމާއިއެކު ފަށާފައިވާ މިހިނގާލުން ނިންމާނީ ވެސް ޕީޕީއެމް އޮފީސް ކައިރިއަށެވެ.