English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިހްތިޖާޖްކުރައްވައިފިއެވެ.

ވ،އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ މައްޗަށް ހަރާން ހުކުމެއް ކުރި މައްސަލަ ކުށްވެރިކޮށް ޝުޖާއު ވިދާޅުވީ ޔާމީން ޖަލަށްލީ ޖަންގަލީގެ ސަރުކާރެއްގައި ޖަންގަލީގެ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އަދި މިކަމަކީ ވަރަށް ހުދުމުހުތާރުކޮށް އަދި ހުތުރުކޮށް ކުރި ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ މިއީ ދިވެހި ސަރުކާރުން އަޑީގައި އޮވެ، ޝަރުއީ ދާއިރާ އަށް އަތް ބާނައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުން ކުށްވެރިކުރައްވާ ޝުޖާއު ވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ޝަކީލް ކުރެއްވި ހުކުމް ބާތިލް ކުރުމަށް ގޮވާލާފައެވެ.

ތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ،