English Edition
Dhivehi Edition
އެތުލެޓިކް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް އަހުނާ --- ފޮޓޯ/ ތިނަދޫ ކައުންސިލް

އަންނަ 2023 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތަށް އެ ސިޓީ އިން ތައްޔާރުވާން ފަށައިފިއެވެ.

އަންނަ އަހަރު ފެބްރުއަރީ މަހު ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަށް އެ ސިޓީއިން ފޯރިއާއި އެކު ތައްޔާރުވަމުން އަންނައިރު، ފުވައްމުލައް ސިޓީ އިން ވަނީ މި މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު ބާއްދަލުވުންތައް ބޭއްވުމަށްވެސް ނިންމާފައެވެ.

މި ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ނައިޓްމާކެޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މިކަމާއި ގުޅޭ ގޮތުން މިރޭ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މުބާރާތާއި ދިމާކޮށް އެ ސިޓީއަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރާތްކުރާނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުއްޔަށް ދޫކުރާ ގެ ތަކާއި ވަކިވަކި ކޮޓަރިތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި މައުލޫމާތު އެއްކުރުމުގެ ބޭނުމަކީ އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށް ދިނުންކަމަށެވެ. އެހެންކަމުން ގޭގެ އަދި ކޮޓަރިތައް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުން ގޫގަލް ފޯމް ފުރިހަމަކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

https://docs.google.com/forms/d/e/1FAIpQLSePNjI6XqFI2OP6mPUveSwJ9PnPl86TE7NUp82VUP9uuuuH8g/viewform?fbclid=IwAR0gONV9cxc8F_-zgER39MhLwSAmEsOd5YxleF9H-zl4U67F62wnRmGHH-o