English Edition
Dhivehi Edition
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 2023 ގައި އެންމެ ވިދާލި ޓީމް: އެމްޖޭއެސް (ފޮޓޯ: އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2023 އެފް ބީ ޕޭޖް)

ފުވައްމުލައް ސިޓީގައި ފެބްރުއަރީ މަހުގެ 4 އިން 10ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ވިދާލި ޓީމަކަށް ފުވައްމުލައް ސިޓީގެ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމް ޖޭ އެސް) ހޮވިއްޖެއެވެ.

މާޝަލް އާޓްސް އާއި، އަލިފާނުގެ ކުޅިވަރު އަދި ހަވާ އެރުވުމާއި އެކު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބާއްވައިފައިވަނީ ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތުގައި އެކި އެކި އުމުރު ފުރާތަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ޓީމުގެ އިތުރުން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުން ވަނީ ހޮވައިފައެވެ.

މުބާރާތުގައި އެންމެ ވިދާލި ސްކޫލަކަށް އެމް ޖޭ އެސް ހޮވިފައިވާއިރު އެ ސްކޫލުން ވަނީ 3 އުމުރުފުރާއަކުން ޗެމްޕިއަން ކަން އަދި 1 އުމުރު ފުރާއިން ރަނަރަޕް ކަން ހޯދައިފައެވެ.

13 އަހަރުން ދަށުގެ ފިރިހެން
3 ވަނަ: އަބޫބަކުރު ސްކޫލް
ރަނަރަޕް: މުހައްމަދު ޖަމާލުއްދީން ސްކޫލް
ޗެމްޕިއަން: ތިނަދޫ ސްކޫލް
13 އަހަރުން ދަށުގެ އަންހެން
3 ވަނަ: އަބޫބަކުރު ސްކޫލް
ރަނަރަޕް: ޖަލާލުއްދީން ސްކޫލް
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: މުހައްމަދު ޖަމާލުއްދީން ސްކޫލް
17 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: ޏ. އަތޮޅު ތައުލީމީ މަރުކަޒު
17 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: ޝަރަފުއްދީން ސްކޫލް
19 އަހަރުން ދަށުގެ ފިރިހެން
ޗެމްޕިއަން: އައްޑޫ ހައި ސްކޫލް
19 އަހަރުން ދަށުގެ އަންހެން
ޗެމްޕިއަން: ޝަރަފުއްދީން ސްކޫލް
މުބާރާތުގައި އެންމެ ގިނަ އެތުލީޓުން ވާދަކުރި ޓީމަކަށް އެމް ޖޭ އެސް ވެފައިވާއިރު އެ ސްކޫލުގެ 13 އަހަރުން ދަށުގެ އަންހެން އެތުލީޓުންނަކީ ރަނގަޅު ތަމްރީނުތަކެއްދެވިއްޖެ ނަމަ އުމުރުން 19 އަހަރުން ދަށުގައި ރާއްޖޭގެ ޤައުމީ ރިކޯޑުތައް އާ ކުރާނެ އެތުލީޓުންތަކެއް ކަމަށް އެކުދިންގެ އިވެންޓުތައް ބެލި އެތުލެޓިކްސް ދާއިރާގެ ގިނަ ބައެއްވަނީ ފާހަގަކޮށްފައެވެ. މުބާރާތަށް ތައްޔާރުވުމަށް އެމް ޖޭ އެސް އިން ވަނީ ދުރާލާ ގިނަ ތަމުރީނުތަކެއް ރޭވިގެން ކުރިއަށް ގެންގޮސްފައެވެ.