English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ވީއެންމެ އަވަހަކަށް އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލްގެ ޓީމްއިން ވިދާޅުވެއްޖެ އެވެ.

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކުރައްވާ ކެނިޑޭޓް ރައީސް ޔާމީން މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަކަށް ފޮނުވާފައިވަނީ އާދީއްތަ ދުވަހު އެވެ. މިގޮތުން ހުކުން ތަންފީޖް ކުރުމަތް މިހާރު ރައިސް ޔާމިން ވަނީ ޖަލަށްލާފައިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ރާއްޖޭގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ލަސްނުކޮށް އިސްތިއުނާފު ކުރާނެ ކަމަށާއި އަދި މަތީ ކޯޓުން ކާމިޔާބު ލެބޭނެ ކަމަށް ފާހަގަ ކުރައްވާފައިއެވެ. ވަކީލްއުންގެ ޓީމްއިން ބުނެފައިވައި ވާގޮތުގައި ޔާމީނަށް ކުރި ދައުވާތަކުގައި އެއްވެސް ގާނޫނީ ގޮތުން ބުރަދަނެއް ނެތް ކަމަށާއި ޔާމީން މައްޗަށް ކުށް ސާބިތުކުރާނެ ހެއްކެއް ދައުލަތުގައިވެސް ނެތް ކަމަށެވެ.

.މީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ބުނޭފައިވަނީ ރައިސް ޔާމީން މިނިވަން ކުރުމަތް ކުރެވެންއޮތް ހުރިހާ ކަމެއްވެސް ކުރާނެކަމަށާއި ހައްގަށް ނަސްރު ލިބޭނެކަމަށެވެ.