English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ތުނޑި

ފުވައްމުލައް ސިޓީގައި ތިބޭ ފަތުރުވެރިން، އެ ބަޔަކުތިބޭ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭއެއްގެ، އާންމު ސަރަހައްދުތަކާއި ރަށު ތެރެއަށް ނުކުމެއުޅޭއިރު އިޖުތިމާއި އަޙްލާގީ މިންގަޑުތަކާއި ހިލާފުނުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މި ގޮތަށް އިލްތިމާސްކޮށްފައިވަނީ، އެ ރަށަށް ޒިޔާރަތް ކުރާ ބައެއް ފަތުރުވެރިން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހަލާފަށް މީހުން އެއްވާ ސަރަހައްދުތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭކަމުގެ ޝަކުވާތައް އެ ރަށުގެ ރައްޔިތުންކުރަމުންދާ ދަނޑިވަޅެއްގައެވެ، މި ގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރި ގިނަ ބަޔަކު ވަނި ރަށު ރައްޔިތުން ނިކުމެ އެކަން ހުއްޓުވުމުގެ ކުރިން ކައުންސިލުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ފުވައްމުލައް ސިޓިގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކައުންސިލުން ބުނީ ފުވައްމުލަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން ހެދުން އެޅުމުގައި އަދި އާއްމު ތަންތާގައި އުޅޭއުޅުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތަކެއް ފުވައްމުލަކު ސިޓީ ކައުންސިލުން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ރަށުގައިތިބޭ ފަތުރުވެރިން، އެ ބަޔަކުތިބޭ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭއެއްގެ އާންމު ސަރަހައްދުތަކާއި ރަށު ތެރެއަށް ނުކުމެއުޅޭއިރު އިޖުތިމާއި އަޙްލާގީ މިންގަޑުތަކާއި ހިލާފު ވެގެން ނުވާނެކަމަށެވެ.

ފުވައްމުލައް ސިޓީ މި ސަރަހައްދުތަކުގައި ފަތުރުވެރިން ހެދުން އަޅަންޖަހޭ ގޮތް ބަޔާންކޮށް ކައުންސިލުން ބުނީ ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓުލާންޖެހޭނެކަމަށެވެ، އަދި އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝަރޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކަރޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓްބުރިއެއް ބޭނުންކުރާންޖެހޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މި މިންގަނޑުތަކާއި ޙިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުމަށް އެދިފައެވެ،