English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ފްލައި ދުބާއީ އިން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އައްޑޫގައި ބާއްވައިފިއެވެ.

އަންނަ އަހަރު ފެބްރުއަރީ މަހު ކާގޯ ސެގްމެންޓާއި އެކު ފަށުމަށް ހަމަޖެހިފައިވާ މި ދަތުރާއި ގުޅޭ މަޢުލޫމާތު ދިނުމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު، އިނަރ މޯލްޑިވްސްގެ އޭވިއޭޝަން ޑިރެކްޓަރ އަހުމަދު އިޖާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު، އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރު އާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުން ބައިވެރިވަޑައިގެންނެވި އެވެ.

މި ސެޝަންގައި ފްލައި ދުބާއީގެ ދަތުރުތައް ރޭވިފައިވާ ގޮތާއި އޭގެ ސަބަބުން އައްޑޫ އަށް ލިބޭނެ ކުރިއެރުންތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާތީ އެކަމާ ގުޅިގެން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

ފްލައި ދުބާއީގެ ދަތުރުތައް ގަމަށް ފަށަން ހަމަޖެހިފައި ވަނީ 4 ފެބްރުއަރީ 2023ގައެވެ.