English Edition
Dhivehi Edition

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓު އެއަރލައިން ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ އެއަރލައިންގެ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފަށާނެ އެވެ.

އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް ފަށާއިރު، އެ އެއަރލައިނުން ހަފްތާއަކު 28 ދަތުރު ރާއްޖެއަށް ކުރާނެކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.

ދުބާއީން ގަމަށް ދެކޮޅު ދަތުރު ނަގާނަމަ ޓިކެޓުގެ އަގު 2،014 އެމެރިކާ ޑޮލަރަށް ވިއްކާއިރު، ގަމުން ދުބާއީއަށް ދެކޮޅު ޓިކެޓު ނަގާނަމަ އަގަކީ 1،600 ޑޮލަރެވެ.

ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް ޚިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށް އެ އެއަރލައިނުން ހާމަކޮށްފައި ވެއެވެ.

އެ އެއަރލައިނުން މިހާރު ރާއްޖެއަށް ދަތުރު ކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކަންޏެވެ. އެއީ ހަފްތާއަކު 21 ދަތުރެވެ.