English Edition
Dhivehi Edition
އެސްޓީއޯ ވެއާ ހައުސް ސޭލް 2016 ގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓިއޯގެ ވެއާރ ހައުސް ސޭލް މި ފަހަރު ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 24 އަދި 25 ވަނަ ދުވަހު ކުރިއަށް ގެންދާ މި ސޭލްގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ސޭލް ފަށާނީ ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ބޮޑެތި ޑިސްކައުންޓްތައް ހިމަނައިގެން އެސްޓިއޯއިން ކުރިއަށް ގެންދާ ވެއާ ހައުސް ސޭލްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެސްޓިއޯ އިން ވިއްކާ އެއްޗެހީގެ ރަހަ ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

May be a cartoon of text that says 'sto AALE2022 2022 COME & ENJOY AMAZING DISCOUNTS Free Tasting & Children's Activities 24th & 25th Dec 2022 4pm to 6pm & 8pm to 10pm GN. Atoll Education Center sto sto.mv 1422'

މިއީ އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ސޭލެކެވެ.

ޓެގު