English Edition
Dhivehi Edition
މާލެ ސިޓީ

މާލޭގައި މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގސް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވަނީ މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން މާލޭގައި މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގސް އެޅުމަށް އެކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާކަމަށެވެ.

މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ފަހުގެ ތާރީހަކީ 12 ޖަނަވަރީ 2023އެވެ.

މާލެ ކައުންސިލުން މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލިއިރު، މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށްނުދީ އޮތުމުން ކައުންސިލުން މާލޭގެ ތަރައްޤީ އަށް ކުރަންބޭނުންވާ އެތައްކަމެއް ނުވެ އޮތްކަމަށް ބުނެފައެވެ.