ގއ. އަދި ގދ.ގެ ދެ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 15 ރަށެއްގެ ކޯޓަށް އިސްމެޖިސްޓްރޭޓުން ހޯދަން ޖުޑީޝީއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގއ.ގެމަނަފުށީ، ގއ.ދާންދޫ، ގދ.ރަތަފަންދޫ، ގދ.ފަރެސްމާތޮޑާ ހދ.ނޮޅިވަރަން، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް. ނ.ވެލިދޫ ބ.ދަރަވަންދޫ، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ކާށިދޫ، އއ.މާޅޮސް، ވ.ފުލިދޫ، މ.މުލައް، ފ.ފީއަލީ ކޯޓަށް އިސް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް(https://apply.jsc.gov.mv) މެދުވެރިކޮށް ކުރިމަތިލުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.
މި މަގާމުގެ މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިންގ އެލަވަންސް، ފޯނު އެލަވަންސް، އަދި މެޑިކަލް އިންޝުއަރެންސް ލިބިގެންދާނެއެވެ.