ބޭންކު އޮފް އިންޑީއާ ސ. ހިތަދޫ ގޮފީގެ ސެކިޔުރިޓީއަށް ހުރި ބަނގްލަދޭޝްގެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފިއެވެ.
މިހާރު އޭނާއަށް ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންނެވެ. ހޮސްޕިޓަލުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. މިހަމަލާއަށްފަހު އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ ފަތިހު 4:30 އެހައިކަންހާއިރު ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ. ވަޅި ހަރައިފައިވަނީ އޭނާގެ ގޮނޑަށެވެ. “ކޮނޑުން ގާތްގަނޑަކަށް ތިން އިންޗި ފުނަށްވަނީ ވަޅިހަރާފައި. ވަޅި ހަރައިފައިވަނީ އޭނާގެ ވާތު ކޮނޑަށް. އޭނާގެ ހާލު ސީރިއަސްއެއްނޫން. މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން،” ހޮސްޕިޓަލުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިޔުރިޓީއަށް ހަމަލާދިނުމަށްފަހު އެތަނުގެ އޭޓިއެމްއަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ތީ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ.