English Edition
Dhivehi Edition

އެސްޓީއޯ އަހަރީ ދުވަހާއި ގުޅިގެން އެއްދުވަހުގެ ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށް ގެންދާ ސޭލް އޮންނަނީ މިއަދުއެވެ. އެއްދުވަހުގެ ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ 58 ބޭފުޅަކަށް ގިފްޓް ހެމްޕަރއެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން “އެސްޓީއޯ އަށުވަންނަ” ނަމުގައި ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކެމްޕެއިން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އިންސްޓަގްރާމް މެދުވެރިކޮށް 5 ދުވަހުގެ މުއްދަތަކަށެވެ. މި ކެމްޕެއިންގައި ކޮންމެ ދުވަހަކު އެސްޓީއޯ އާއި ބެހޭގޮތުން ސުވާލެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރު މި 5 ސުވާލަށް ރަނގަޅު ޖަވާބުދޭ 58 ފަރާތަކަށް އެސްޓީއޯގެ ފަރާތުން ގިފްޓު ހެމްޕާއެއް ލިބިގެން ދާނެއެވެ،

މި ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރެއްވުމަށްފަހު ކޮންމެ ދުވަހަކު ކުރެވޭ ސުވާލުގެ ޖަވާބު، ޕޯސްޓަށް ކޮމެންޓް ކުރަންޖެހޭނެއެވެ.