އިންޑިއާގެ ނިއު ދިއްލީގައި އަނެއްކާވެސް ވައި ނުސާފުވުމުގެ ސަބަބުން ބޮޑު ދުން ގަނޑެއް ފެތުރި އާންމު ރައްޔިތުން އެކަމާ ކަނބޮޑުވުން ފާޅު ކޮއްފިއެވެ.
އަނގާރަ ދުވަހު ދިއްލީގެ ރައްޔިތުން ތެދުވެ ބޭރު ބަލާލި އިރު މުޅި ދިއްލީ ހެން އޮތީ ބޯ ދުމެއްގެ ތެރޭގައެވެ. ކައިރި ނުނީ ނުފެނެއެވެ.
ވައިގެ ނުސާފުކަން މިވަނީ އިނތިހާ އަށް ގޮސްފައެވެ. ބައެއް ސަރަހައްދު ތަކުގައި ޑަބްލިއު.އެޗް.އޯ އިން ވައިގެ ސާފު ކަން ރައްކާތެރި ކަމަށް ކަނޑައަޅާ މިންގަނޑަށް ވުރެން 30 ގުނަ މިވަނީ އިތުރު ވެފައެވެ.
މިކަމާ ގުޅިގެން އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ވަނީ ސްޓޭޓް އޮފް އިމާޖެންސީ އިއުލާން ކޮއްފައެވެ. އަދި މިކަން ހައްލު ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދިންލީގެ ރައްޔިތުން ދަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ.
Can barely see the tallest buildings in the neighbourhood. #DelhiSmog pic.twitter.com/An6WezksyP
— Anant Prabhu (@indiancounsel) November 7, 2017
ވައި ތަޢައްޔަރު ވުމުގެ ސަބަބުން ވައިގައި ހުންނަ ޕާޓިކިއުލޭޓް މެޓާ (ޕީ.އެމް – 2.5) މިވަނީ ބައެއް ސަރަހައްދު ތަކުގައި ކޮންމެ ކިއުބިކް މީޓާރަކަށް 700 މައިކްރޯގްރާމް އިތުރުވެފައެވެ. މިއީ ފުއްޕާމެއިގެ އެންމެ އެތެރެއަށް ދަތުރު ކުރާ އެއްޗެކެވެ. މިއީ ވައިގެ ސާފު ކަން ހުރި މިންވަރު ބަލާ ވެބްސައިޓް އަކުން ދިއްލީގެ ބައެއް ސަރަހައްދަށް ނެރުނު ތަފާސް ހިސާބު ތަކެވެ.
އައި.އެމް.އޭ އިން ވަނީ ދިއްލީގައި އަންނަ ނޮވެމްބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާފް މެރަތަން ކެންސަލް ކުރުމަށް ވެސް ލަފާ ދީފައެވެ.
އަދި ބައެއް ފަރާތަކުން ސޯޝަލް މީޑިއާގައި ވަނީ ނޭވާލުމުގެ ދަތި ތަކެއް ހުރި ކަން ވަނީ ފާހަގަ ކޮއްފައެވެ.
When the heart of the capital is facing breathing issues @MURUKESHK pic.twitter.com/gFOiFIwqQ2
— rishabh (@llbrishabh) November 7, 2017
ދިއްލީގެ ސީ.އެމް އަރްވިން ކެޖްރިވާލް ވަނީ އެނާގެ އެޑިކޭޝަން މިނިސްޓަރަށް ދުވަސް ކޮޅަކަށް ސްކޫލުތަށް ބަންދު ކުރުމަށް ލަފާ ދެއްްވާފައެވެ.
ދިއްލީގައި ވައި ތަޢައްޔަރު ވުމުގެ މައްސަލަ އިތުރުވެގެން ގޮސްފައިވަނީ ކައިރީގައި އޮންނަ ޕަންޖާބް އަދި ހަރިޔާނާ ސްޓޭޓްގައި ދަނޑުވެރިން ފިނި މޫސުމަށް ދަނޑު ސާފު ކުރުމަށް އަނދަމުން ދާތީ ކަމަށް ގިނަ މީހުން ބުނެއެވެ. ނަމަވެސް މިކަމާ މެދު އެއްވެސް ފިޔަވަޅެއް މިހާ ތަނަށް އަދި ސީދާ އެޅިފަ ނެތެވެ.
މީގެ އިތުރުން ވައިގެ ބާރުމިން ދައްވުމާއި ކޮންސްޓްރަޝަން ސައިޓުތަކުން އަރާ އަޅިއާއި އަދި މީގެ އިތުރުން ބަޑި ބޭސް އެކި މުނާސަބަތު ތަކުގައި ބޭނުން ކުރުމަކީ ވެސް ދިއްލީގެ ވައިގެ ނުސާފު ކަން އިތުރު ވެގެންދާ ކަމެކެވެ.
ސަރުކާރުން ވަނީ މިދިޔަ އޮކްޓޯބަރު މަހު މިކަން ހައްލު ކުރުމަށް ތަފާތު ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން ބަޑި ބޭސް ބޭނުން ކުރުން މަނާ ކުރުމާއި އަދި ކާރު ތަށް ވަކި މީންގަނޑެއްގައި ދެމެހެއްޓުން ވަނީ ހިމެނިފައެވެ. ގިނަ މީހުން މިކަމުގެ ހައްލު ކަމަސް ދެކެނީ ހަރު ކަށި ފިޔަވަޅު ތަކެއް ދިގު މުއްދަތެއްގައި އެޅުމެވެ.