2023 ވަނަ އަހަރު ޢާންމުކޮށް ކައިވެނިކޮށް ނުދެވޭނެ ދުވަސްތަކާއި، ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި އެވެ.
ޖޫން 24، 25 އަދި 26 ވަނަ ދުވަސް އަދި 2023 ޖޫން 28، 29، 30 އަދި 2023 ޖުލައި 01 ވަނަ ދުވަހު ކައިވެނިކޮށްނުދެވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.
އަންނަ އަހަރު ކޯޓުގައި ކައިވެނިކޮށްދޭނެ ގަޑިތައްވެސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ކޯޓުގައި ކުރާ ކައިވެނިތައް ކޮށްދޭނީ ރަސްމީ ގަޑިތައް ކަމުގައިވާ ހެނދުނު 09:00 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:30ގެ އިތުރުން ނުރަސްމީގަޑި ނަމަ، 16:00 އިން 21:30 އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް އަންނަ އަހަރު ކޮށްދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.