English Edition
Dhivehi Edition

ހދ. ހަނިމާދޫ ބަނދަރު ބަނދަރުގެ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް ވެސް ބުންޏެއެވެ.

މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތް ކުރާއިރު، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ނިމި، މުޅި ޖުމްލަ 93 ޕަސެންޓް މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ 69.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.