English Edition
Dhivehi Edition

ކ. ކަނޑު އޮތް ގިރި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑުހިލަ ގެންގޮސްފި އެވެ.

އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީ އިން ބުނީ ކަނޑު އޮތް ގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އައު ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރާނެ ކަމަށެވެ. އަދި 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށެވެ.

މީގެ އިތުރުން 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ހާބަރ ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫޢަކީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.