English Edition
Dhivehi Edition

އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑަމަކީ (އެން.ޖޭ.އޭ.އައި)ގައި ހިންގޭ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާ 50 ޖުޑީޝިއަލް އޮފިސަރުން ފުރުވާލުމުގެ ރަސްމިއްޔާތު 08 ޑިސެމްބަރ 2022ވަނަ ދުވަހު ބާއްވަވަފައިއެވެ.

ބޯޕާލް އަދި ރާއްޖޭގެ ޖުޑީޝިއަލް ސަރވިސް ކޮމިޝަންއާއި ދެމެދު 2020ގައި ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން 200 ދިވެހި ޖުޑީޝިއަލް އޮފިޝަލުންގެ ތަމްރީން އާއި ޤާބިލްކަން އިތުރުކުރުމުގެ ދަށުން 12-15 ޑިސެމްބަރ 2022 އަށް އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝިއަލް އެކެޑަމީ އޮފް އިންޑިއާ (އެން.ޖޭ.އޭ.އައި)ގައި ރާއްޖޭގެ ޖުޑީޝިއަލް އޮފިޝަލުންނަށް ފަރުމާކޮށް ހިންގޭ ފުރަތަމަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝިއަލް އޮފިޝަލުން (ޤާޒީއިން)ވަނީ ފުރުމަށްހަމަޖެހިފައިއެވެ. މި އެމް.އޯ.ޔޫގެ ދަށުން، ކޮވިޑް19 ޕެންޑެމިކް ތެރޭގައި، އެން.ޖޭ.އޭ.އައިއިން އޮކްޓޯބަރ 2021ގައި ހިންގި ވަރޗުއަލް ތަމްރީންތަކުގައި 39 ރާއްޖޭގެ ޖުޑީޝިއަލް އޮފިޝަލުންވަނީ ބައިވެރިވެފައިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ސުޕްރީމް ކޯޓުގެ ޖަސްޓިސްގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން އާއި ޖުޑީޝިއަލް އެކަޑަމީ އާއި އެޑްވައިޒަރީ ބޯޑުގެ މެންބަރުންނާއި ފޮރީން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި އިސް އޮފިޝަލުން ބައިވެރިވި މި ރަސްމިއްޔާތުގައި، ޙާއްސަ މެޙެމާންގޮތުގައި ރާއްޖޭގެ ޗީފް ޖަސްޓިސްވަނީ ބައިވެރިވެވަޑައިގެންފައިއެވެ.

މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރ މުނު މަހާވަރު ދެއްކެވި ވާހަކަފުޅުގައި، ތަމްރީން އާއި ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އިންޑިއާ އާއި ދިވެހިރާއްޖެ އެކުގައި ކުރެވޭ މަސައްކަތަކީ މި ގުޅުމުގެ މައި އެއް ތަނބުކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި މި ތަމްރީންގެ ބައިވެރިންނަށް މިއީ ފާހަގަކޮށްލެވޭ އަދި ފައިދާކުރުވަނިވި ފަހި ދަތުރަކަށްވެގެންދާނެ ކަމުގައި އެދިލެއްވިއެވެ.

ޗީފް ޖަސްޓިސްގެ ވާހަކަފުޅުގައި، ބައިވެރިންނަށް މަރްޙަބާ ދަންނަވާ، މިފަދަ ތަމްރީންތަކަކީ ޖުޑީޝަލް ދާއިރާއަށް ވަރަށް މުހިންމު ފުރުސަތުތަކެއްކަމުގައި ފާހަގަކުރެއްވެވިއެވެ. އަދި ބައިވެރިންނަށް މި ދަތުރުން ލިބޭ ޢިލްމާއި ތަމްރީންގެ އަލީގައި ޙިދްމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދުލް އިންސާފު ޤާއިމުކުރުމުގައި މަސައްކަތް ކުރުން އިތުރަށް ފުޅާކޮށް މުޅި ޖުޑީޝިއަރީއަށް އޭގެ ފައިދާ ކުރާނެހެން ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް އިލްތިމާސްކުރެއްވެވިއެވެ.

ޖޭ.އެސް.ސީއިން އެދިފައިވާ ފަދައިން ފަރުމާކުރެވިފައިވާ ފުރަތަމަ އިން-ޕަރސަން ޓްރެއިނިންގ ޕްރޮގްރާމްގެ ތެރޭގައި ހިމަނާފައިވާ ބައިތައް ބިނާ ވެފައިވާނީ ލެކްޗަރ އަދި ޑިސްކަޝަންގެ މައްޗަށެވެ. އެގޮތުން މި ތަމްރީން ސެޝަންތައް ކުރިއަށް ގެންދެވޭ މަޢުލޫތަކުގެ ތެރޭގައި ގޯލްސް، ރޯލް އެންޑް މިޝަން އޮފް ކޯޓް، އެލެމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއަރ، ޖަޖިންގ ސްކިލްސް، އަރޓް، ކްރާފްޓް އެންޑް ސައިންސް އޮފް ޑްރާފްޓިންގ ޖަޖްމަންޓް، ސިވިލް އެންޑް ކްރިމިނަލް ޖަސްޓިސް އެޑްމިނިސްޓްރޭޝަން، އެލަޓަރނޭޓް ޑިސްޕިއުޓް ރީޑްރެސަލް ސިސްޓަމް، ރޯލް އޮފް އައި.ސީ.ޓީ އިން ޖުޑީޝަލް ޕްރޮސެސަސް، އީ-ކޯޓްސް އަދި ޒަމާނީ ޖުޑީޝަލް ދާއިރާއިން އުފެދެމުން އަންނަ މިފަދަ ކަންކަމުގެ މައްޗަށެވެ. މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު މަޢުލޫމާތު ޙިއްސާކޮށް އުގެނުމުގެ ފުރުސަތު ދެފަރާތައްވެސް ފަހިވެގެންދާނެއެވެ.

***