English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފި އެވެ.

މި ގޮތުން ހޮވުނު ޕްރޮޖެކްޓްތަކަކީ:

  • ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން
    ބަނޑޭރިސްޓަރ ސްޕޯޓްސް ކްލަބް
    ހއ. މާރަންދޫ
  • ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން
    ސީޑް އެސޯސިއޭޝަން
    ނ. ޅޮހި
  • ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން
    މުންޑޫ ޒުވާނުންގެ ޖަމިއްޔާ
    ލ. މުންޑޫ
  • ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން
    ކިއްސަރު އެންޖީއޯ
    ގއ. ކޮނޑޭ
  • މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން
    މަޑުއްވަރީ އިޖްތިމާއީ ގުޅުން
    މ. މަޑުއްވަރީ
  • ސްކޫލު ކޮމްޕިއުޓަރ ލެބް ތަރައްގީކުރުން
    އަރުލާ ސްޕޯޓްސް އެކަޑަމީ
    ށ. ފޯކައިދޫ
  • މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީކުރުން
    މިލަންދޫ ސްޕޯޓްސް ކްލަބް
    ށ. މިލަންދޫ
  • ކްލާސްރޫމް ޑިޖިޓައިޒް ކުރުން
    ވިމެން އެންހޭންސްމަންޓް
    ލ. ފޮނަދޫ
  • މަގުބައްތި ހަރުކުރުން
    މާޅޮސް ރެކްރިއޭޝަން އެންޑް އެންވަރރަމަންޓް ސޮސައިޓީ
    ބ. މާޅޮސް
  • ކޮމިއުނިޓީ ގާޑަން
    ވެހި ސާފު
    ސ. ހިތަދޫ

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.