English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ލަންކާގެ 3 މަސްބޯޓު އަތިލައިގެންފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓުތަކެއް ކަމަށާއި އެ ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މި ތިން ބޯޓު ހިފަހައްޓާފައިވާއިރު، މިދިޔަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް އިން ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މިދިޔަ ސެމްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ބޯޓެއް އަތުލައިގަނެފަ އެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ވަރަށް ޢާންމު ކަމަކަށްވާއިރު، މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް އަންނަނީ ދެމުން ނެވެ.