ކަފާލާތުގެ ދަށުން، ކެޓެލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިގްޑިމޮންޓް އާއި އެނާގެ ހަތަރު މިނިސްޓަރަކު، ބްރަސަލްސް ފުލުހުން ދޫކޮއްލައިފިއެވެ.
އެމީހުން ބްރަަސަލްސް ފުލުހުންނާ ހަވާލު ވެފައިވަނީ އަމިއްލައަށެވެ. އޭރު ސްޕެއިން ސަރުކާރުން އެމީހުން ހައްޔަރު ކުރުމަށް މުޅި ޔޫރަޕަށް ވަނީ އަމުރު ނެރެފައެވެ. އާދީއްތަ ދުވަހު ފުލުހުންނާ ހަވާލު ވުމަށް ފަހު ހަމަ އެދުވަހު އެމީހުން ވަނީ ނިކުމެފައެވެ. އަދި އެމީހުންގެ ކޯޓުގެ އަޑު އެހުންތައް ވެސް ކުރިއަށް ދާނެއެވެ.
ހުކުރު ދުވަހު ނެރެފައިވާ އަމުރާ މެދު ގޮތެއް ނިންމުމަށް ބެލްޖިއަމްގެ ކޯޓަކަށް ވަރަށް އަވަހަށް ދާނެ ކަމަށް ބެލެވެއެވެ. އެނާ އާއި ކެޓެލޯނިއާގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކޮއްފައިވާ ދައުވާ ތަކުގެ ތެރޭގައި މަދަނީ ބަސްނޭހުން އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނެއެވެ.
މިހާރު ވާ ގޮތުން ބެލްޖިއަމް ކޯޓުން ޕުއިގްޑިމޮންޓް އާއި އެނާ އާއި އެކު ހައްޔަރު ކުރެވުނު ސިޔާސީ ފަރާތްތަށް އަނބުރާ ސްޕެއިން އަށް ފޮނުވާލުމަކީ އެކަށީގެންވާ ކަމަކެވެ. އެނާ ވަނީ ސިޔާސީ ރައްކާތެރިކަމަށް މިވަގުތު ނޭދޭނެ ކަމަށް ކުރިން ވިދާޅުވެފައެވެ.
އާދީއްތަ ދުވަހު ބެލްޖިއަމްގެ މީޑިއާ ތަކަށް މައުލޫމާތު ދެމުން ޕުއިގްޑިމޮންޓް ބުނެފައިވަނީ އެނާ ސްޕެއިން ފިލާފައި ނުވާ ކަމަށެވެ. އެނާ ބުނި ގޮތުގައި ހަމަނުޖެހުމަކަށް ނުދާން ވެގެން އެނާ ބެލްޖިއަމް އަށް ދަތުރު ކުރީ ކަމުގައެވެ.
ކެޓެލޯނިއާގެ ކުރީގެ ސަރުކާރު އުވާލުމަށް ފަހު ސްޕެއިން އިންއަންނަނީ އިންތިހާބަށް ތައްޔާރު ވަމުންނެވެ. މިހާރު ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުން ކެޓެލޯނިއާ ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާޓީއަށް މަޖިލީހުގެ މެޖެެރޮޓީ ގެއްލުން ގާތެވެ. އެއީ އެމީހުންނަށް އޮތް ތާއީދު %1.8 ވެއްޓުމެވެ.
މިހާރު އޮތްގޮތުން ކެޓެލޯނިއާއަށް މިނިވަން ލިބުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.