ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %82 ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތުގެ ދަށުން ފަޔަރ ބިލްޑިންގ އަދި ޓާރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތުގެ %95 އަދި %80 މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭ އެއް ހަދާނެ އެވެ. އަދި އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރާނެ އެވެ.
މީގެ އިތުރުން ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.