English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށް ދާ “ރަސްރަނި ނެޓްބޯޅަ ޗެލެންޖް”ގެ ފައިނަލަށް ފެނަކަ ކޯޕަރޭޝަން އާއި ހުޅުދޫ ޔޫތު ފެލްކޯން ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލްގެ ޖާގަ ފެނަކައިން ޔަގީންކުރީ އެމްޓީސީސީ އާއި ދެކޮޅަށް ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްގެންނެވެ. ހުޅުދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ފެނަކައިން މެޗު ކާމިޔާބުކުރީ 18-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ސަވާ އިބްރާހީމްއެވެ.

May be an image of 2 people, people standing, headscarf and text that says 'R DU CITY ANI CHALLENGE LHUDHOO GO nity Improve Your Life'

ސެމީ ފައިނަލުގައި އިއްޔެ ކުޅުނު މެޗުގައި މިފްކޯ އާއި ހުޅުދޫ ޔޫތު ފެލްކޯން ބައްދަލުކުރި މެޗު ކާމިޔާބުކުރީ ހުޅުދޫ ޔޫތުންނެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 24-27 އިންނެވެ. ފޯރިގަދަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަމްޝޫދާ ޒާހިރު އެވެ.

May be an image of 2 people and people standing