English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަނުން ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގންދިޔަ ރީޖަނަލް މެނޭޖަރުންގެ ބައްދަލުވުން ނިންމާލައިފިއެވެ. ކުންފުނީގެ ހިންގުން ހަރުދަނާކޮށް އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމުގެ މަޤްސަދުގައި ބޭއްވި މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިޕާރޓްމެންޓު ތަކުގެ ވެރިންނާއި 16 ރީޖަނަކުން ވަނީ ބައިވެރިވެ ވަޑަގެންފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހުރިހާ ރީޖަންތަކާއި ކުންފުނީގެ ޑިޕާރޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ބަލާ މުރާޖާ ކޮށްފައވާއިރު ދެމެހެއްޓެނެވި ގޮތަކަށް ޙިދުމަތް ދިނުމާއި ޚިދުމަތް ފުޅާކުރެވޭނެ ގޮތްތަކާއިމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އަރީފް ވިދާޅުވީ އަތޮޅުތެރޭގައި ހަރަކާތްތެރިވާ ރީޖަނަލް މެނޭޖަރުންނަށް އަމަޒުކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލްވުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އަދި މި ބައްދަލުވުމުގެ ސަބަބުން ރީޖަނަލް މެނޭޖަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާދަތި އުނދަގޫތަކަކީ ކޮބާތޯ ބަލާ މަޝްވަރާކުރުމަށްފަހު އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވ