English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާންމް ކޮށްގެން މި ރޯދަ މަހު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ ޗެލެންޖް”ގެ މިއަދު ކުޅެވުނު ގުރޫޕް ބީގެ މެޗުތަކުގެ އެއްވަނަ އަލީ ނަޕްހާ ހޯދާއިފިއެވެ. މިއަދު ހަވީރު ޑީސީ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ޕީއެސް4 މުބާރާތުގެ ގުރޫޕް ބީގެ އެއްވަނަ ނަފްފާޙް ހޯދާފައި ވަނީ ދެން މި ގުރޫޕްގައި ހިމެނޭ އަޙްމަދު ނިއުފާލް (އިއްޕިޑާ) އާއި ހަސަން ޝާވިން (ކޭބީ) އާއި ބައްދަލު ކޮށްގެންނެވެ. މިއަދު ހަވީރު ކުޅެވުނު މެޗުތަކުގެ ތެރެއިން ނަފާޙް ވަނީ ނިއުފާލްގެ މައްޗަށް 4-0 ލަނޑުން ކުރި ހޯދައި ޝާވީންއާއި އެކު ކުޅުނު މެޗު 1-1 ލަނޑުން އެއްވަރު ކޮށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. ދެން މި ގުރޫޕްގައި ވާދަކުރި އަނެއް މެޗުން ޝާވިން ވަނީ ނިއުފާލް 2-0 އިން ލަނޑުން ބަލިކޮށް ގުރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މާދަމާވެސް މި މުބާރާތުގެ 3 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަފްސަޙް ސަފީއުއާއި އިބްރާހީމް ހުސެއިންއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އަފްސަޙް ސަފީއު އާއި އަމީން އެވެ. ތިންވަނަ މެޗުގައި ބައްދަލު ކުރާނީ އަމީން އަދި އިބްރާހީމް ހުސައިންއެވެ.