English Edition
Dhivehi Edition

ސޮކަރޫސްގެ ނަމުން ނަންދެވިފައިވާ އޮސްޓްރޭލިއާ އަކީ ދުނިޔޭގެ ފުޓބޯޅައިގައި މާ ކާމިޔާބު ގައުމެއް ނޫނެވެ. އޮސްޓްރޭލިއާ އެންމެ ފުރަޔަމަ ވޯލްޑް ކަޕުގައި ވާދަކުރީ 1974 ވަނަ އަހަރު ވެސްޓް ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން ގިނަ އަހަރުތަކަކަސް ފަހު 2006 ވަނަ އހަރުގެ ވޯލްޑް ކަޕަށް އެ ތީމު ކޮލިފައިވިއެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް އޮސްޓްރޭލިއާ ވަނީ ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި އެ ތީމަށް ހޯދުވުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޭގެ ފަހުން ވާދަކުރި ތިން މުބާރާތުން ވެސް އެ ޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ވޯލްޑްކަޕްގެ ތާރީޚުގައި އެޤައުމު ވާދަކުރާ މިއީ 05 ވަނަ ފަހަރެވެ.

އޭޝިއާ ސަރަހައްދުގެ ގަދަ ބާރެއް ކަމަށްވާ އޮސްޓްރޭލިއާގެ ޓީމު ގޮވައިގެން ދުނިޔޭގެ ގަދަބާރުންނާއި ކުރިމަތިލުމަށް މިފަހަރު ކޯޗެއްގެ ގޮތުގައި ނިކުންނާނީ، މީގެ ކުރިން އެޤައުމުގެ 23 އަހަރުންދަށުގެ ޓީމަށްވެސް ކޯޗުކަން ކޮށްދީފައިވާ އުމުރުން 59 އަހަރުގެ ގްރަހަމް އާނޯލްޑް އެވެ. ކްލަބް ކެރިއަރގައި ކޯޗްކޮށްދިންއިރު ޕޮސްޓެކޮގްލަސްއަކީ ދެފަރާތުން ކުޅޭ ކުޅުންތެރިން ބޭނުންކޮށްގެން ކައުންޓަރ އެޓޭކް ފުޓްބޯޅައަށް ޝައުގުވެރިވާ ކޯޗެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައިވެސް އޮސްޓްރޭލިއާގެ ޓީމުގެ ފަރާތުން މި ގޭމްޕްލޭން ފެނުމަކީ އެކަށީގެންވާކަމެކެވެ.

ކޮލިފައިންގައި އެޓީމު ކުޅުން 18 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެފައިވާއިރު 5 މެޗް އެއްވަރުކޮށް އަދި 6 މެޗުން ވަނީ ބަލިވެފައެވެ. އެޓީމު މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި އޮސްޓްރޭލިއާ ވާދަކުރީ ޕެރޫއާއެވެ. ޕެރޫގެ މްޗަށް އޮސްޓްރޭލިއާ ކުރި ހޯދީ މެޗުގެ އެއްވަރުވެ ޕެނަލްޓީގައި 4-5 އިންނެވެ.

މުހިންމު ކުޅުންތެރިންނަށް ބަލާއިރު، އޮސްޓްރޭލިއާއިން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ސްކޮޓްލެންޑުގެ ހެބާނިއަން އެފްސީއަށް ކުޅެމުން އަންނަ މާޓިން ބޮއިލީ، އިޓަލީގެ ހެލަސް ވެރޯނާއަށް ކުޅޭ ހަޖްދިން ހްރުސްޓިޗް، ސްޕެއިންގެ ކާޑިޒް އެފްސީ އަށް ކުޅޭ އަވަ މާބިލް އަދި ސެލްޓިކް އަށް ކުޅޭ އާރޮން މޫއީ ގެ އިތުރުން އޮސްޓްރޭލިއާގެ ބްލެކްޓައުން ސިޓީއަށް ކުޅޭ ގޯލްކީޕަރު މެތިއު ރަޔަން ހިމެނެއެވެ.

ގުރޫޕު ސްޓޭޖުގައި އޮސްޓްރޭލިއާ ކުޅެން ހަމަޖެހިފައިވާ މެޗުތައް

23 ނޮވެމްބަރ 2022 | ފްރާންސް – އޮސްޓްރޭލިއާ | 00:00

26 ނޮވެމްބަރ 2022 | ޓިއޫނިޒިއާ – އޮސްޓްރޭލިއާ | 15:00

30 ނޮވެމްބަރ 2022 | އޮސްޓްރޭލިއާ – ޑެންމާކް | 20:00