English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރަކީ އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ފަންނާނެވެ. ކޮންމެ އަހަރަކުވެސް އޭނާގެ ދެތިން ހަތަރު ފިލްމު ނުކުމެއެވެ. އެހެން ނަމަވެސް މި އަހަރަކީ އަކްޝޭއަށް ވެސް މާ ކާމިޔާބު އަހަރަކަށް ނުވެއެވެ. މި މައްސަލަ ވަނީ ބޮލީވުޑްގެ ގިނަ ފިލްމު އުފައްދާ މީހުންނާއި އެކްޓަރުންނަށް ވެސް ދިމާވެފައެވެ.

ސިނަމާތަކުގައި ފިލްމުތައް އެޅުވި ނަމަވެސް އެކަށީގެންވާ މިންވަރަށް މީހުން ހިންދީ ފިލްމު ބަލަން ނުވަންނާތީއެވެ.

އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވި ހިދުންތާނު ޓައިމްސްގެ “ލީޑާޝިޕް ސަމިޓް 2022” ގައި ވާހަކަ ދައްކަމުން އަކްޝޭ މިވަނީ އެނާ މި މައްސަލައިގައި ދެކޭ ގޮތް ހިއްސާ ކޮށްފައެވެ.

“ސިނަމާތަކަށް މީހުން ނުވަންނަނީ އޯޑިއަންސްގެ މައްސަލައަކުން ނޫން. ބަދަލު ކުރަންވީ ފިލްމު ހަދާ މީހުންގެ އުކުޅުތައް. މީހުން ބޭނުންވަނީ އާ އެއްޗެއް. ޕެންޑަމިކަށްފަހު ފިލްމުތަކުން މީހުން ބޭނުންވާ ކަންތައްތައް ވަނީ ބަދަލުވެފަ,” ބޮލީވުޑް ފިލްމުތައް ބޮކްސް އޮފީހުގައި ނުވިކޭތީ އެކަމަށް އަލި އަޅުވާލައި ވާހަކަ ދައްކަމުން އަކްޝޭ ބުންޏެވެ.

އަކްޝޭ ވަނީ ބޮލީވުޑް ފިލްމު އުފެއްދުމަށް ކުރާ ބޮޑު ހަރަދުތައް ކުޑަކުރަން ޖެހޭކަމަށް ވެސް ބުނެފައެވެ. އެނާ ބުނެފައިވަނީ ކުރާ ބޮޑު ހަރަދާއި ފައިދާ މިހާރު ނުބައްދަލު ވާން ފަށާފައިވާކަމަށެވެ.

އަކްޝޭއަކީ ފިލްމު ޕްރޮޑިއުސްކޮށް, ޑައިރެކްޓުކޮށް އެކްޓު ވެސް ކުރާ ތަރިއެކެވެ. އަދި ބޮލީވުޑުގައި މިހާރު އެންމެ އަގު ބޮޑު އެއް ތަރިއަކީ ވެސް އަކްޝޭ އެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން ގެންދާ “ރާމް ސަތޭ” ފިލްމެއް ވެސް 40 މިލިއަން ރުފިޔާއާއި ގާތްކުރާ މިންވަރެއްގެ އަގެއް ކިޔާފައެވެ.