English Edition
Dhivehi Edition

މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ރޭ މެންދަމު 00:30 ގައި ހިނގި މި ހާދިސާގައި 4 މީހަކު ވަނީ މަރުވެފައެވެ.

އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެއީ މ. ނިރުފަހި ކިޔާ ގެއެއްގައި ހުންނަ ގަރާޖެކެވެ. އެ ގަރާޖްގައި ރޯވެ ވަރަށް ބޮޑަށް އަލިފާން ފެތުރުނެވެ. އަދި އަލިފާން ނިއްވުމުގައި ސިފައިންނާއި ފުލުހުން އަދި އާއްމުން ވަނީ ހަރަކާތްތެރިވެފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ހާދިސާގައި ހަތަރު މީހަކު މަރުވެ، އަނިޔާވި މީހަކު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. . އެ އެންމެންނަކީ ވެސް ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ

އަލިފާން ރޯވާން މެދުވެރިވި ސަބަބާއި މަރުވި މީހުންނާ ބެހޭ ގޮތުން ވެސް މިހާތަނަށް ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.