English Edition
Dhivehi Edition

މިވަގުތު ދުނިޔޭގެ ފީފާ ރޭންކިންގެ އަށް ވަނާގައި އޮތް ނެދްލެންޑްސް ޓީމް ކުޅުނު އެންމެ ފުރަތަމަ ވޯލްޑް ކަޕަކީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތެވެ. އެ މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދިއިރު، ޖެހިގެން އައި 1938 ވަނަ އހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި ވެސް ވާދަކޮށް އެ މުބާރާތުގެ ދެވަނަބުރާއި ހަމައަށް އެ ޓީމު ދަތުރު ކުރިއެވެ. އޭގެ ފަހުން ނެދަލެންޑްސް ދެން ވާދަކުރީ 1974 އަދި 1978 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. މި ދެ މުބާރާތުގައި ނެދަލެންޑްސް ފައިނަލް ކުޅުނެވެ. ނަމަވެސް ތައްޓާއި ހަމައަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. މި ދެ މުބާރާތުގެ ދެވަނަ ނެދަލެންޑްސް އިން ހޯދި ނަމަވެސް ޖެހިގެން އައި 1982 އަދި 1986 ވަނަ އހަރުގެ މުބާރާތައް އެ ޓީމު ކޮލިފައިނުވެއެވެ. ނަމަވެސް 1990 ވަނަ އަހަރުގެ މުބާރާތުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައިވެސް ނެދަލެންޑްސް ކުޅެފައިވެއެވެ. އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް އެ ޓީމުން ވަނީ ކުޅެފައެވެ. ނެދަލްންޑްސް ވޯލްޑް ކަޕުގައި ނެރެފައިވާ ނަތީޖާތައް ކިތެންމެ ރަނގަޅު ނަމަވެސް އެ މުބާރާތުގެ ތަށްޓެއް މިހާތަނަށް ހޯދިފައިނުވެއެވެ.

ނެދަލެންޑްސް ކޯޗު ލުއިސް ވެންހާލް

ނެދަލެންޑްސް ކޯޗަކީ ލުއިސް ވެންހާލްއެވެ. ވެންހާލް އަކީ ކޯޗިން ދާއިރާގައި މަޝްޙޫރު ކޯޗެކެވެ. އުމުުރުން 71 އަހަރުގެ ވެންހާލް ނެދެލެންޑްސް ކޯޗުކަމާއި ހަވާލުވީ ނިމިގެން ދިޔަ 2021 ވަނަ އަހަރުގައެވެ. އޭނާވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ތިންވަނަ ނެދަލެންޑްސް އަށް ހޯދައިދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ވެންހާލްގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ވާދަކުރާ ދެވަަނަ ވޯލްޑް ކަޕް މުބާރާތެވެ.

ނެދަލެންޑް ޑިފެންޑަރ ވާޖިލް ވެންޑައިކް

ނެދަލެންޑްސް އަކީ ތަރިން ގިނަ ޓީމެކެވެ. ނެދަލެމްޑްސްގެ މުޅި ޓީމަށް ބަލާއިރުވެސް ފެންނަނީ ހުނަރުން ފުރިގެންވާ ކުޅުންތެރިންތަކެކެވެ. އެގޮތުން ލިވަޕޫލަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ވާޖިލް ވެންޑައިކް، ބާސެލޯނާއަށް ކުޅެމުން އަންނަ ފްރެންކީ ޑިޔޮންގް، ބަޔާން މިޔުނިކްއަށް ކުޅެމުން އަންނަ ރަޔަން ގްރެވަންބަޗް އަދި އޭސީ މިލާނަށް ކުޅެމުން އަންނަ ޑަމްފްރައިސް ފަދަ ކުޅުންތެރިން ހިމެނެއެވެ. މި ހުރިހާ ކުޅުންތެރިންވެސް ތިބީ މިވަގުތު ރަނގަޅު ފޯމެއްގައެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕުގައި މި ކުޅުންތެރިންގެ ރަނގަޅު ފޯމާއި އެކު ނެދަލެންޑްސް އަށް ކާމިޔާބީއާއި ހަމައަށް ވާސިލް ވެވިދާނެ ކަމަށް ބެލެވެއެވެ.

ނެދަލެންޑްސް ގުރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

21 ނޮވެމްބަރ 2022 | 21:00 ސެނެގާލް – ނެދަލެންޑްސް

25 ނޮވެމްބަރ 2022 | 21:00 ނެދަލެންޑްސް – އެކުއަޑޯ

29 ނޮވެމްބަރ 2022 | 20:00 ނެދަލެންޑްސް – ގަތަރު