English Edition
Dhivehi Edition

އަންނަ މަހު މާލޭގައި ކުރިއަށްދާ އެޓޯލް ބެޑްމިންޓަން މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ހިތަދޫ ހޮރައިޒަން އެކަޑަމީގެ ޓީމަށް އިންޑިއާ ކޯޗެއް ގެނެސްފިއެވެ.

އިންޑިއާގެ ގައުމީ ބެޑްމިންޓަން ޓީމަށް ކުޅެފައިވާ އަރުތަވް ރާއްޖެ އިއްޔެގެ ވަގުތެއްގައި އައިސްފައިވާއިރު ހޮރައިޒަންގެ ޓީމާއިއެކު ކޯޗު އައްޑޫގައި އެއްމަސް ދުވަހަށް ޕެރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހޮރައިޒަންއިން މައުލޫމަތުދެއެވެ.

ހޮރައިޒަންގެ ރައިސާ އައިޝަތު ޒަބީނާ އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ބުނީ ހޮރައިޒަނަށް މިފަހަރު ގެނައި ކޯޗުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި މާލެދާ އައްޑޫ ހޮރައިޒަން ބެޑްމިންޓަން ޓީމަށް އެކަނި ނޫންކަމަށާއި ކޯޗު ހުންނަ ދުވަސްތަކުގައި އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގައި ތިބި ބެޑްމިންޓަން ކުޅެން ބޭނުން ވެފައި ތިބި ކުދިންނަށް ކޯޗާއި އެކީ އެންމެ ބޭސިކްއިން ފަށައިގެން ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމުގެ ކޯޗިން ޝެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ބެޑްމިންޓަން ކުރިއެރުވުމަށް މީގެ 10 އަހަރު ކުރިން އައްޑޫގައި އެކި ހަރަކާތަށް ކުރިއަށް ގެންދާ ހޮރައިޒަން އެކަޑަމީއިން ވަނީ މިއަހަރު ވެސް އައްޑޫގައި ފޯރިގަދަ ގިނަ މުބާރާތަކެއް ބާއްވާފައެވެ.

ހޮރައިޒަން އިންވަނީ މިދިޔަ މަހުގައި އައްޑޫގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ޓީޗަސް ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާފައެވެ.