English Edition
Dhivehi Edition

ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

އެޕާޓީން ބުނެފައިވަނީ ޔާމީން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު 12:45 ގައި ކަމަށާއި ވީހާވެސް ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

ޔާމީން އައްޑޫއަށް ވަޑައިގަންނަވާއިރަށް މަރުހަބާ ދެންނެވުމަށް އައްޑޫގައި ތިބި ޕީޕީއެމްގެ މެމްބަރުން ތައްޔާރުވަމުން އަންނަ އިރު ޔާމީންގެ މި ދަތުރާ ދިމާކޮށް ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އައްޑު އަށް ވަޑައިގެން، ޕީޕީއެމް ސަޕޯޓަރުންނާ އެކު ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވަވާފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އައްޑޫގައި އެމަނިކުފާނު ހޭދަކުރައްވަވާނީ 4 ދުވަސް ކަމަށާއި މި ދުވަސްތަކުގައި އައްޑޫގެ ހުރިހާ އަވަށްތަކަށް ވަޑައިގަންނަވާނެ ކަަމަށެވެ.

ޕީޕީއެމް އިން މީގެކުރިން ބުނެފައިވަނީ މި ދަތުރުތަކަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.