English Edition
Dhivehi Edition
ރައީސް ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އައްޑޫ ސިޓީ އަށް ކުރައްވާ ޒިޔާރަތުގައި އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މިމަހުގެ 6 ވާ އާދީއްތަ ދުވަހު ކަމަށެވެ. އެމަނިކުފާނު އައްޑޫގައި 4 ދުވަސް ހޭދަ ކުރައްވާނެއެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އެގޮތުން ފޭދޫ އަދި މަރަދޫ ގެ އިތުރުން މަރަދޫފޭދޫ އާއި ހިތަދޫ އަދި ހުޅުދޫމީދޫ އަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާނެ އެވެ.

އާދިއްތަ ދުވަހު ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާއިރު، ދާދިފަހުން ޔާމީން ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި އޭގެކުރިން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

ޕީޕީއެމް އިން މީގެކުރިން ބުނެފައިވަނީ މި ދަތުރުތަކަކީ އަންނަ އަހަރުބާއްވާ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.

ރައީސް ޔާމީންގެ އައްޑޫ ދަތުރަށް އެސިޓީގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު އަދި މިހާތަނަށް ޕާޓީ އަކުން ރިޔާސީ ޓިކެޓް ކަށަވަރުކޮށްދީފައިވާ ހަމައެކަނި ފަރާތަކީ ޕީޕީއެމްގެ ގެ ރައީސް އަބްދުﷲ ޔާމީނެވެ.