English Edition
Dhivehi Edition

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ އެވެ.

މިހާރު ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ (29 އޮކްޓޯބަރު 2022) ޙާފިޒް އަޙްމަދު ސްކޫލުގަ އެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ (30 އޮކްޓޯބަރު 2022 ) އައްޑޫ ހައި ސްކޫލްގަ އެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު 8:45 އެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢު އެވެ.

މުފްތީ މެންކާގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތަކުން ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގައި ބޭއްވި ދަރުހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.