English Edition
Dhivehi Edition

ބައިސްކަލުގައި ރަށުތެރެ ބަލަހައްޓަން ނުވަތަ ޕެޓްރޯލް ކުރަން އައްޑޫސިޓީގެ ފުލުހުން ނުކުމެއްޖެއެވެ.

ފުލުހުން ބައިސްކަލުގައި ރަށުތެރެ ބަލަހައްޓަން ނުކުމެފައިވަނީ އިއްޔެއިން ފެށިގެންނެވެ. މިކަން ރަސްމީކޮށް ފެށުމަށް ހުޅުމީދު ޕޮލިސް ސްޓޭޝަނާއި، ގަން ޕޮލިސް ސްޓޭޝަނުގައިވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ “ނަލަފެހި” ސަރުކާރުގެ ބައެއް އިދާރާތަކުން ބައިވެރިވެފައިވެއެވެ.

ފުލިހުން ބުނެފައިވަނީ ބައިސްކަލުގައި ރަށުތެރެ ބަލަހައްޓަން ނުކުތީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އައްޑޫ ސިޓީގައި ބައިސްކަލް ބޭނުންކޮށްގެން ޕެޓްރޯލް ކުރާނީ ގަން ޕޮލިސް ސްޓޭޝަނުންނާއި، ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންނެވެ.