English Edition
Dhivehi Edition

ދަރިން ދެރަވެދާނެ ކަމަށް، މާ ބޮޑު ބެލެހެއްޓުމެއް ނެތި، އެ ކުދިން ބޭނުން ކަމެއް ކޮށް. ބޭނުން ތަނަކަށް ދިއުމުގެ މިނިވަންކަން ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ބައެއް މައިންބަފައިން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ، އެ ކުދިންގެ އުމުރާއި ބޭނުން ތަކަށް ނުބަލައި އެ ކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުމަކީ ދަރިން ދެކެ ލޯބިވުމެވެ. އެކަމަކު ދަރިން ދެކެ ޙަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެ ދަރިން ތަރުބިޔަތު ކުރުންކަމާއި ޙަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތަޢުލީމު ދީ، ފައިދާ ހުރި ކާނާ އާއި، އަންނައުނު ހޯދައިދިނުމެވެ.

ދަރިންނަށް ނަސޭހަތް ދޭއިރު މައިންބަފައިންގެ ފަރާތުން ދަރިންނަށް ނަމޫނާ ދައްކަން ޖެހޭނެ އެވެ. އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން، ކުދިންނަށް މަނާ ކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެންނެވެ.

ހުރިހާ މައިންބަފައިން ވެސް ދަރިންނަށް ނަމާދު ކުރުމަށް ބާރުއަޅަންޖެހޭނެއެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ތަބާވުމުގެ ގޮތުން ކުޑައިރުއްސުރެ ކުއްޖާ ނަމާދު ކުރުމަށް ހޭލުންތެރިކޮށް، ކުއްޖާ އެކަމަށް ތަމްރީން ކުރަންވާނެއެވެ.

ޚާއްސަކޮށް އަންހެންކުދިންގެ ހެދުން އެޅުން އިސްލާމީ ހުދޫދުގެ ތެރޭގައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. މައިންބަފައިން، އަންހެން ދަރިންގެ ހެދުމާ މެދު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ތުއްތު އިރުން ފެށިގެން އިސްލާމީ އޮނިގަނޑަށް ހެދުން ލައްވާނަމަ އެ ކުދިން ބޮޑުވުމުން އިސްލާމީ މިންގަނޑަށް ފޭރާން އެޅުމަށް ލޯބިކުރާނެއެވެ. އަދި މީހަކު ހީވެސް ނުކުރާ ފަދަ ބޮޑެތި ފިތުނަތަކާއި އެތައް މައްސަލަތަކަކުން ސަލާމަތްވާން މަގު ފަހިވެގެންދާނެއެވެ.