English Edition
Dhivehi Edition

ރަހިމުގެ ގުޅުމަކީ މާތް ގުޅުމެކެވެ. އިސްލާމް ދީނަކީ އެންމެ މަތިވެރި ދީނެވެ. އެދީނުގައިވަނީ އިންސާނުން އުޅެންވީ އެންމެ މަތިވެރި ގޮތް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީނުގައިވަނީ ރަހިމުގެ ގުޅުން ޤާއިމް ކުރުމަށް ބާރު އަޅުއްވާފައެވެ. ރަހިމުގެ ގުޅުން ޤާއިމް ކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ އިތުރުކަން ބޮޑު އަމަލެކެވެ.

ރަހިމުގެ ގުޅުން ޤާއިމްކުރުމަކީ އެމީހެއްގެ ޙަޔާތުގައި ބަރަކާތް އިތުރުވެގެންދާނެ ކަމެކެވެ.

ކިތަމެއް ގިނައިން ހެޔޮ އަމަލުތައްކޮށް ދީންވެރިވި ދިރިއުޅުމެއް ވޭތުކުރިނަމަވެސް ރަހިމުގެ ގުޅުން ކަނޑާފިނަމަ ހެޔޮއަމަލުތަކަކުން ކުރާނެ ފައިދާއެއްނެތެވެ.

ކިތަމެއް ގިނަ ހެޔޮ އަމަލުތަކެއް ކޮށްފައިވާ މީހެއް ނަމަވެސް އެ މީހަކީ އޭނާގެ ޢަހާ އާ ގުޅުން ކަނޑާލާފައިވާ މީހެއް ނަމަ އެނާގެ ހެޔޮ އަމަލުތައް ވެގެން ދާނީ ފޫނެތްފަަޔަކަށް ފެންފުރުން ފަދަ ކަމަށެވެ.

ދުނިޔެ މަތީގައި ކިތައްމެ ދީންވެރި ދިރިއުޅުމެއް އުޅުނު މީހެއް ވިޔަސް ރަޙިމްގެ ގުޅުން ކަނޑާފިކަމަށްވާނަމަ ހެޔޮއަމަލަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯނާނެއެވެ.

ﷲ އަށް ޝިރުކުނުކުރާ ކަމުގައިވާނަމަ ހުރިހާ އަޅުތަކުންގެ ފާފަތައް ފުއްސަވާނެވެ. ނަމަވެސް އެންމެ ދެ މީހަކު ފިޔަވައެވެ. އެއީ އޭނާގެ އަޙާއާ ދެމެދު ރުޅިވެރިކަމެއް އޮންވެ އެ އަޚާއާއި ގުޅުން ކަނދާފައިވާ މީހާ ފިޔަވައެވެ. އޭގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާ އެންމެންގެ ފާފަތައް ފުއްސެވިއިރުގައި އެ ދެ މީހުންގެ ފާފަ ނުފުއްސަވައެވެ. އެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވުމަށްދާންދެނެވެ. އެހެންކަމުން މިކަމުން ވެސް އެނގިގެން ދަނީ އަޙުވަންތަކަމުގެ ގުޅުމާއި ރަޙިމުގެ ގުޅުމުގެ މުހިންމުކަން ކަމަށެވެ.

ޢަމްރު ބުން ދީނާރު ވިދާޅުވިއެވެ. ފަރުޟުކަންތައްތައް އަދާކުރުމަށް އަޅާ ފިޔަވަޅަށް ފަހު، އެންމެ ބޮޑު ދަރުމައެއް ލިބޭ ކަމަކީ ރަޙިމުގެ ގުޅުން ޤާއިމުކުރުމަށް އަޅާ ފިޔަވަޅަށެވެ.

މަޢު؛ޫމާތު: ދީނީ ޢީލްމުވެރިންގެ ފަތުވާތަކުން