English Edition
Dhivehi Edition

ހަށިގަނޑު ހައިޑްރޭޓް ކޮށްބެހެއްޓުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. ހޫނުފެން ނުވަތަ ފިނިފެން ކަމުގައިވިޔަސްނެއެވެ. ބައެއް ހޯދުންތަކުން ތަކުން ދައްކާ ގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ކާތަކެތި ހަޖަމުކުރުމަށް ފައްސޭހަވެ އެވެ.

ފެނަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ކާއެއްޗެހި ދައުރު ކުމަށް އެހީތެރިވާ އެއްޗެކެވެ. މި ނިޒާމުގައި ރަނގަޅަށް ފެންދައުރުވާނަމަ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކުރުމަށް އިތުރު އެހީތެރިކަމަކާއި ބާރެއް ލިބިގެންދެއެވެ.

ދިރާސާތަކުން ބުނާ ގޮތުގައި އާދައިގެ ފެނަށްވުރެން ތާފަނާ ފެން ބުއިމުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތް ފުރިހަމަވެ އެވެ.
ހޫނުފެނުގެ ނަޒަރިއްޔާތަށް ބަލާއިރު ހޫނުކޮށް ފެން ބުއިމުން، ގޮހޮރުގައި ހަޖަމު ނުވެ ހުންނަ ކާތަކެތީ ހަރުމިން މަޑުކޮށްލަދީ ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ އުނދަގޫތަކަށް ލުޔެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ވެސް ހޫނުފެނުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ރޯގާ ޖެހި ނޭފަތް ބެދުމުން ސަލާމަތް ކޮސްދިނުމާއި ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދިނުމުގެ އިތުުން ބަނޑު ހަރުވުމުން ސަލާމަތް ކޮށްދެއެވެ.