English Edition
Dhivehi Edition

ގްރޭޑް 3 އަދި 4 ގައި ކިޔަވާ ސްކޫލް ކުދިންގެ “ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ” ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ.

މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ “ފިއެސްޓާ ލޯގޯ” ރައީސްއަށް ވެދުމަށް އަރުވާފައެވެ. އަދި ރައީސް ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވާފައެވެ.