English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެއްޖެއެވެ.

ފޮރެސްޓުގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބަލިވި ނަމަވެސް ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އެޓީމުން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގަން ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮވެއެވެ.

ނޮޓިންހަމް ފޮރެންޓުން މި މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހާ ލިޑު ނެގީ ފަހު ހާފު ފެށިގެން 55 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކުރީ ނައިޖީރިއާގެ ފޯވާޑް ޓައިވޯ އަވޮނިޔީ އެވެ.

މި ނަތީޖާއާއި އެކު ފޮރެންޓުން ވަނީ ކުޅުނު 12 މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު 12 ވަނައަށް ޖެހިލާފައެވެ. ލިވަޕޫލް މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގައި 11 މެޗުން 16 ޕޮއިންޓާ އެކު އެވެ.