English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރަތުގެ އެއްވަނަ ނީރަޖާ ސަސިކުމާރު ހޯދައިފިއެވެ.

‘’ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން”ތީމުގެ ދަށުން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެވަނަ ޔޫސުފް އަކްޔަލް ޙުސައިން ހޮވުނުއިރު، 3 ވަނަ އަށް ހޮވިފައިވަނީ އަޙްމަދު އާހިލް ޚަލީލްއެވެ.

ފޮޓޯ: ޕޮލިސް މީޑިއާ

މުބާރާތުގައި ބައިވެރިކޮށްފައިވާ ކުރެހުންތަކުގެ ތެރެއިން ގަދަ 10 ކުރެހުން ހޮވަފައިވާއިރު. ގަދަ 10 ގައި ހޮވިފައިވަނީ މުޙައްމަދު އާއިދު، އާއިޝަތު ޝައިހާ އަޙްމަދު، މަރިޔަމް އީޝާ ވަލީދު، ޒެއިނާ އަޒްމަދު އަޙްމަދު، މުޙައްމަދު ރަފްޙާން ފާއިޒު، ޔޫދު ޢަލީ ޢަބްދުﷲ، ރާއިޔާ ރަޝީދު، ހިންދު ބިންތި ޢަލީ ނަސީމް، މަރިޔަމް ޝައިހާ ހާމިދު އަދި ޒައިނަބް ޔުނާލް އިބްރާހީމްއެވެ.

ފޮޓޯ: ޕޮލިސް މީޑިއާ

16 އަހަރުގެ ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.