ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޤަތަރުގެ ޝާހީ އާއިލާއަށް ރާއްޖެއިން ރަށެއް ދެއްވަން އުޅުއްވާކަމަށް ބުނެ ފަތެރަމުންދަނީ ދޮގު ހަބަރެއްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވީ ޤަތަރުގެ ޝާހީ އާއިލާއަށް ރިސޯޓެއް ތަރައްގީކުރުމަށް ދިވެހިރާއްޖެއިން ރަށެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
❌️ ދިޔަރެސް ނޫހުގައި ލިޔެފައިމިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ޚަބަރެއް. pic.twitter.com/Rf6zKdzomv
— Miuvaan Mohamed (@MvSpokesperson) October 17, 2022
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އެ ނޫހުގައި ލިޔެފައިވާ މި ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ހަބަރެއް ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް މިއުވާން ހިއްސާކުރައްވާފައެއް ނުވެއެވެ.