English Edition
Dhivehi Edition

ނަޓްސް އަކީ ސިއްހީ ގޮތުން ފައިދާ ހުރި އެތައް މާއްދާއެއް ހަށިގަނޑަށް ލިއްބައިދޭނެ އެއްޗެކެވެ. ނަޓްސް އަކީ ވިޓަމިންސް އާއި މިނެރަލްސް އާއި އެންޓިއޮކްސިޑަންޓް ތަކާއި ހެލްތީ ފެޓާއި ފްރޮޓީނާއި ފައިބާ އިން ވެސް މުއްސަނދި ވެފައިވާ ބާވަތެކެވެ.

އެހެންކަމުން ކުޑަކުދިންނަށް ވެސް ނަޓްސް ކާން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ނަޓްސް އަކީ ކުދިންގެ ވިސްނުން ތޫނުކޮށް ދޭ އެއްޗެކައް ވާތީއެވެ. މި ސަބަބާ ހުރެ ތުއްތު އިރުއްސުރެ ކުދިންގެ ކާނާގެ ތެރޭގައި ނަޓްސް ހިމެނުމަކީ މުހިއްމު ކަމެކެވެ. އުމުރުން ތިން އަހަރުން ފެށިގެން ކުދިންނަށް ނަޓްސް ކާން ދޭން ފެށިދާނެ އެވެ. އަދި އެ އަށް ވުރެ ތުއްތު ކުދިންގެ ކާނާ ތައްޔާރުކުރާ އިރު ވެސް، ނަޓްސްގެ ބާވަތްތައް ހިމެނިދާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޅަ އުމުރުން ފެށިގެން އާންމުކޮށް ނަޓްސް ކާ ކުދިންގެ ވިސްނުން ތޫނެވެ. ނަޓްސް ކާ ކުދިންނާއި އަޅާ ބަލާއިރު، ނަޓްސް ކާ ކުދިންގެ ވިސްނުން ތޫނުކަމަށް ދިރާސާތަކުން ދައްކައެވެ.

އެގޮތުން ދުވާލަކަށް ދެވޭ އެއް ސާވް ނުވަތަ 30 ގްރާމްގެ ނަޓްސް އިން އެ ދުވަހަކަށް ކުދިންނަށް ބޭނުންވާ ވިޓަމިންގެ އީގެ 36 ޕަސަންޓް ފޯރުކޮށްދެ ކަމަށާއި އަދި ދުވާލަކަށް ބޭނުންވާ ފައިބަރުގެ 16 ޕަސަންޓް ނަޓްސް އިން ފޯރުކޮށްދޭ އިރު، ދުވަހަކަށް ބޭނުންވާ ޕްރޮޓީނުގެ ހަތަރު ގްރާމް ވެސް ލިއްބައިދޭނެ ކަމަށް މި ދިރާސާގައި ވެއެވެ.

މީގެ އިތުރުން ކުދިންނަށް ނަޓްސް ދޭން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރިކަމަށާއި އޭގެ ތެރޭގައި ނަޓްސް ކެއުމުން ކޮލެސްޓްރޯލް ދަަށްކޮށްދޭން މަގުފަހި ވުމާއި ލޭގެ ޕްރެޝަރު ރަނގަޅު ކޮށްދިނުމާއި ހަކުރު ބައްޔާއި ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުމާއި ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ދިނުން ހިމެނޭ ކަމަށް ވެސް ދިރާސާ ގައި ބުނެއެވެ.

1 ކޮމެންޓް
ބީތާ
އޮކްޓޯބަރު 14, 2022
ދިވެހިން ނަޓް ކިޔާ އެއްޗެއް ކުދިންނަކަށް ނުކެވޭނެ. ދިވެހިބަހުން ލިޔާ ލިޔުމެއްގައި ދިވެހިން ލިޔުނީމަ ދިވެހިންނަށް ފަހުމު ވުމުގެ އިތުރަށް ދިވެހިބަހަށް ވެސް އިސްކަންދެވުނީ. ދިވެހިބަހަށް ތިޔަހާ ނަފުރަތު ކުރާ ބަޔަކު އިނގިރޭސިން ޚަބަރު ލިޔުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ދެކެން. ދިވެހިބަހުން ލިޔެވިދާނެ. މަދު ކާން ދިނުމަކީ ކުދިންގެ ވިސްނުން ތޫނުވާ ކަމެއް. މިގޮތަށް.