English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ، ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ހިމެނޭ ގޮތަށް އިތުރު 27 ރަށަކަށް ޔޫތް މިނިސްޓަރީން ބިލިއާޑް ބޯޑު ހަދިޔާކޮށްފިއެވެ.

އަތޮޅުތެރޭގެ 28 ރަށެއްގައި ޤާއިމްކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކުރުމަށް މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝްނުގައި އިއްޔެވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ރަށްރަށަށް ފޮނުވުމުގައި ބަލާފައިވަނީ ޒުވާނުންގެ މަރުކަޒު ހުރި ރަށްރަށާއި ބިލިއާޑު ބޯޑު ހޯދުމަށް އެދިފައިވާ ރަށްރަށަށް ބަލައިގެންކަމަށެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ ފުޓްސަލް އާއި ފުޓްބޯޅައިގެ އިތުރުންވެސް ތަފާތު އެކިކަހަލަ ކުޅިވަރުތައް އަތޮޅުގެ ރަށްތަކުގައި ކުޅެވޭނޭ މަގު ފަހިކޮށްދެމުން އަންނަކަމަށެވެ. މި ގޮތުން މިހާރުވެސް ބައެއް ރަށްރަށުގައި ޓީޓީ ސެންޓަރުތަކާއި ބެޑްމިންޓަން ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް މަހްލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ކުޅޭނެ ޖާގަ އޮތްނަމަ ވީވަރަކުން މިކަހަލަ އެހީތައް ރަށްރަށަށް ވަމުންދާނެކަމަށެވެ.

ޔޫތް މިނިސްޓްރީން ބިލިއާޑު ބޯޑުތައް ހަވާލުކުރި ރަށްތަކަކީ ސ.ހިތަދޫ ގއ. ވިލިނގިލި، ގއ.ކޮލަމާފުށި، ގއ.ދާންދޫ، ގދ. ހޯނޑެއްދޫ، ގދ. ތިނަދޫ، ގދ. މަޑަވެލި ހއ. ކެލާ، ހއ. މޮޅަދޫ، ހއ.ފިއްލަދޫ، ހއ.ދިއްދޫ، ހއ.ތަކަންދޫ، ށ. ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މާއުނގޫދޫ، ނ. ކެނދިކުޅުދޫ، ރ. އުނގޫފާރު، ކ. މާފުށި، ކހިންމަފުށި، އދ. ފެންފުށި، އދދިއްދޫ، މ. މުލައް، މ.ދިއްގަރު، ފ. މަގޫދޫ، ތ. ތިމަރަފުށި، ތ.މަޑިފުށި، ތ.ގަން، ތ.މާބައިދޫ އަދި ހުޅުމާލެއެވެ.