English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމްއަށް އަލަށް ގުޅުނު 10،000 މީހުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މި ފޯމުތައް ހުށަހެޅުމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވި އިރު، އެ ކޮމިޝަންގެ ފަރާތުން ފޯމުތަކާއި ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

ޕީޕީއެމް އިން ބުނީ މިއަދު ހަވާލުކުރި ފޯމުތަކަކީ މުޅިން އަލަށް އެ ޕާޓީ އާއި ގުޅުނު މެމްބަރުންގެ ފޯމުތައްކަމަށެވެ. އަދި އަލަށް ހުށަހެޅި 10،000 ފޯމަކީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން ޕާޓީ އޮފީހަށް ލިބިފައިވާ ފޯމުތަކެއްކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ، އިތުރަށް އެ ޕާޓީން ބުނީ އަދިވެސް އީސީއަށް ހުށަނޭޅި 2،000 އެއްހާ ފޯމް އޮންނާނެކަމަށާއި އެ ފޯމުތައްވެސް ވަރަށް އަވަހަށް ހުށަހަޅާނެކަމަށެވެ.

27 އޮކްޓޯބަރު 2011 ގައި ރަޖިސްޓްރީކުރި ޕީޕީއެމްގައި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ތިބީ 33،264 މެމްބަރުންނެވެ.

ޓެގު