މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ބައެއް މުދަލުން ޓީޗަރުންނަށް ޑިސްކައުންޓް ދިނުމަށް އެސްޓިއޯ އިން ނިންމައިފިއެވެ،
އެސްޓިއޯ އިން ބުނީ ޓީޗަރުންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ހަދިޔާއެއްގެ ގޮތުގައި ޓީޗަރުންނަށް ޑިސްކައުންޓެއް ދޭން ނިންމާފައިވާކަމަށާއި މިއީ އެއްދުވަހުގެ ޑިސްކައުންޓެއް ނޫންކަމަށެވެ.
ޓީޗަރުންގެ އަގު އެ ކުންފުނިން އަބަދުވެސް ވަޒަންކުރާކަން ފާހަގަކޮށް އެސްޓިއޯ އިން ބުނީ ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ސްކޫލުތަކުގެ ހުރިހާ ޓީޗަރުންނަށް ވެސް އެސްޓިއޯ އިން ޑިސްކައުންޓް ލިބޭނެކަމަށެވެ.
މީގެ އިތުރުން އެސްޓިއޯ އިން ވަނީ ޓީޗަރުންނަކީ އަބަދުވެސް ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކޮށްފައެވެ.