English Edition
Dhivehi Edition

ގއ. ކޮލަމާފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޑަމްޕު ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުން މި މާރިޗު 24 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދޭ ކަމަށާއި
secretariate.kolamaafush@gmail.com އަށް މެއިލް ނުވަތަ 682007 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ އެ ކައުންސިލަށް
ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެވޭނެ ކަމަށް ވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެ ކަމަށާއި ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް އިޢުލާނުގައި ވަނީ ބުނެފައެވެ. އަދި މިމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

މިމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެ ކަމަށް ވެސް އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އެޕްރީލް ވާ އަންގާރަ ދުވަހުގެ 13:00 ގައި ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަ ރަސްމީ ގަޑީގައި އެ އިދާރާގެ ނަންބަރ 6820017 އަށް ގުޅުއްވުމުން ލިބޭނޭ ކަމަށް ވެސް އިޢުލާނުގައި ބުނެފައިވެއެވެ.