English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

އިންޑިއާއިން ދިވެހި ސިފައިންނަށް އެއްގަމު އުޅަނދުތަކެއް ހަދިޔާކޮށްފި އެވެ.

އެގައުމުން ހަދިޔާކޮށްފައިވަނީ 24 އެއްގަމު އުޅަނދެވެ. މި އުޅަނދުތަކަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވާނެ ކަމަށް އިއުލާންކުރި އުޅަނދުތަކެކެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއެންޑީއެފަށް އެ ވެހިކަލްތައް ހަދިޔާކުރެއްވީ، އެގައުމުގެ ފޮރިން ސެކްރެޓަރީ އެޗްއީ ވިނޭ ކުވަތުރާ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވެހިކަލްތަކާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއާއި ދިވެހިންނާ މެދު ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ސަލާމަތީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް އިންޑިއާއިން އަބަދުވެސް އެހީވާ ކަމަށެވެ.

އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބައެއް އުޅަނދުތައް ހަދިޔާކޮށްފަ އެވެ.

1 ކޮމެންޓް
Modric
އޮކްޓޯބަރު 3, 2022
Koche? Weel burrow tha? Koche kan haama kuran vàane dho.